މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ފުރުޤާންގެ ބައެއް މަސައްކަތްތައް ކައުންސިލުންދެއްވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިރަށު މަސްޖިދުލް ފުރުޤާންގައި ތިރީގައި ހިމެނިފައިވާ މަސައްކަތްތައް ކައުންސިލުންދެއްވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މަސައްކަތްތަކުގެ މަޢުލޫމާތު:
- ފުރްޤާން މިސްކިތުގެ ވުލޫކުރާ އިސްކޫރުބަރިއާއި މިސްކިތާއި ދެމެދު ހިނގާމަގު ހިޔާކުރުން
- ވުލޫކުރާ އިސްކޫރުބަރީގެ މުށިތައް ބަދަލުކުރުން
- މަޢުލޫމާތު ދިނުމުގެ ސެޝަން: 19 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން: 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ.
- މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "މަސްޖިދުލް ފުރުޤާންގެ މަސައްކަތްތައް 2024" ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.
- އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.
15 ފެބުރުވަރީ 2024
ހޯދާ