ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ބީލަން ޢުޞޫލުން ބިން ދޫކުރުމާއި ގުޅޭ
ކޮޅުމަޑުލު އޮމަދޫ ބަނދަރު ސަރަޙައްދުން ބީލަން އުޞޫލުން ދިގު މުއްދަތައް ވިޔަފާރި ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ. ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަކީ އަކަ ފޫޓަކަށް 0.80ރ (އަށްޑިހަ ލާރީ) އެވެ. ބީލަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
- 1. ތެލުގެ ބާވަތްތައް ގެންގުޅެ، ވިއްކުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ ބަނދަރުގެ އިރުމަތީ ސަރަޙައްދު (ޕްލޮޓް ނަމްބަރ: 01)
- ބިމުގެ ބޮޑުމިން: 3000 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 01
- ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު: 20 އަހަރު
- ގްރޭސް ޕީރިއަޑް: 12 މަސް ދުވަސް
- 2. އައިސްޕްލާންޓް ހެދުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ ބަނދަރުގެ އިރުމަތީ ސަރަޙައްދު (ޕްލޮޓް ނަމްބަރ: 02)
- ބިމުގެ ބޮޑުމިން: 3000 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 01
- ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު: 25 އަހަރު
- ގްރޭސް ޕީރިއަޑް: 12 މަސް ދުވަސް
- 3. ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ހިންގުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ ބަނދަރުގެ އިރުމަތީ ސަރަޙައްދު (ޕްލޮޓް ނަމްބަރ: 03)
- ބިމުގެ ބޮޑުމިން: 1500 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 01
- ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު: 15 އަހަރު
- ގްރޭސް ޕީރިއަޑް: 06 މަސް ދުވަސް
- 4. ކެފޭ/ރެސްޓޯރެންޓް ހިންގުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ ބަނދަރުގެ އިރުމަތީ ސަރަޙައްދު (ޕްލޮޓް ނަމްބަރ: 04)
- ބިމުގެ ބޮޑުމިން: 2000 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 01
- ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު: 15 އަހަރު
- ގްރޭސް ޕީރިއަޑް: 06 މަސް ދުވަސް
- 5. ގާޑިޔާ/މޭޒު ބެހެއްޓުމަށް ދޫކުރެވޭ ބިން:
- ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ ބަނދަރު ސަރަޙައްދު (ޕްލޮޓް ނަމްބަރ: A-D 05)
- ބިމުގެ ބޮޑުމިން: 200 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 04
- ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު: 02 އަހަރު
ވީމާ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗް 2024 ވާ އާދީއްތަ ދުވަހު 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް info@thaaomadhoo.gov.mv އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.
ބައްދަލުވުން |
ތާރީޙް |
ގަޑި |
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
04 މާރިޗް 2024 (ހޯމަ) |
10:30 |
އަންދާސީ ހިސާބު ހުށަހެޅުން |
10 މާރިޗް 2024 (އާދިއްތަ) |
10:30 |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޝާބިއު ((9712223 އާއި ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިމަށް އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިންތަކާއި ބެހޭ އުޞޫލާއި، ބީލަން ފޮތް އަދި ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.