ދިވެހިރާއްޖެ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރާ މައިކްރޯ ފައިނޭންސް ސްކީމްއާއި ގުޅޭ
ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމާއި އަދި ފުވައްމުލަކު ރައްޔިޔުންގެ މާލިއްޔަތު އިތުރުކުރުމަށާއި، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރާ މައިކްރޯ ފައިނޭންސް ސްކީމް ދެވަނަ ބުރަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކީމްގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން -/000,50 (ފަންސާސް ހާސް ރުފިޔާ) އާއި ހަމައަށެވެ.
ފައިސާގެ އެހީ ދެވޭ ދާއިރާތައް:
- އަތްތެރި މަސައްކަތް
- ބިއުޓީ އަދި މޭކަޕް ކުރުން
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
- ކުޅިވަރު އަދި ފިޓްނަސް
- މަސްވެރިކަން
- އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
- މެނުފެކްޗަރިންގ
- ދަނޑުވެރިކަން
12. ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތް
13. ފަތުރުވެރިކަން
14. އަމިއްލަ އުފެއްދުންތައް
ވީމާ، މައިކްރޯފައިނޭންސް ސްކީމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި 04 އެޕްރީލް 2024 ގެ 12:00 ގެ ކުރިން ފޯމާއި އެކު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ކައުންސިލްގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި މިއިޢުލާނާއެކު މިވާ ގޫގުލް ލިންކް މެދުވެރިކޮށް ފޯމް ހުށައެޅޭނެއެވެ. https://forms.gle/DHA4WXRHRcEKw6hP6 މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6865001 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.