ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިސަރވިސްއަށް 08 އެއަރކޮންޑިޝަން (މިސަރވިސްއަށާއި، މިސަރވިސްގެ ދަށުން ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކާޑެއްދޫ މެޓް އޮފީހަށާއި، ލ. ކައްދޫ ރީޖަނަލް ވެދަރ ސަރވިސްގައި ހުންނަ ކައްދޫ މެޓް އޮފީހަށާއި، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ހަނިމާދޫ މެޓް އޮފީހަށާއި، އަދި ސ.ގަން ރީޖަނަލް ވެދަރ ސަރވިސްއަށާއި އަދި ހުޅުލޭ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އިންޖިނިއަރިންގ ސެކްޝަނަށް) ސަޕްލައިކޮށްދީ، އެއޮފީހަކުން ދައްކާ ތަނެއްގައި އެއަރކޮންޑިޝަންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު MMS-A/2015/12 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް އެކަމަށް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި 08 އެއަރކޮންޑިޝަން ސަޕްލައިކޮށްދީ އަދި އެއޮފީހަކުން ދައްކާ ތަނެއްގައި ހަރުކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 30 ވާ ބުރަސްފަތި ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
އެއަރކޮންޑިޝަންގެ އަދަދާއި ބަހައްޓާނެ ތަންތަނުގެ ތަފުސީލު:
ބޭނުންވާތަން |
ބޭނުންވާ އަދަދު |
ސައިޒް |
ޓައިޕް |
ތަފުސީލު |
# |
ގދ. ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީސް |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކޮންޑިޝަން އިންވާޓަރ |
1 |
ލ. ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީސް |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކޮންޑިޝަން އިންވާޓަރ |
2 |
ހދ. ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީސް |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކޮންޑިޝަން އިންވާޓަރ |
3 |
ސ. ގަން ރީޖަނަލް ވެދަރ ސަރވިސް |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކޮންޑިޝަން އިންވާޓަރ |
4 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލެ (ސަޕޯޓް ސަރވިސް ޔުނިޓް) |
02 |
18000 BTU |
ވޯލް މައުންޓް |
އެއަރކޮންޑިޝަން އިންވާޓަރ |
5 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލެ (ޑިރެކްޓަރ ޖެނަރަލްގެ ކޮޓަރިކޮޅު) |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކޮންޑިޝަން އިންވާޓަރ |
6 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލެ (ނަމާދު ކޮޓަރި) |
01 |
9000 BTU |
ވޯލް މައުންޓް |
އެއަރކޮންޑިޝަން އިންވާޓަރ |
7 |
- މަތީގައިވާ ގޮތަށް 08 އެއަރކޮންޑިޝަނަށް، ހަރުކުރުމުގެ އަގާއެކު އަަންދާސީހިސާބު ހުށަހެޅުއްވުން.
- އަަންދާސީހިސާބު ހުށަހަޅުއްވާ އެއަރކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ އިންވާޓަރ ތަކެއްޗަށެވެ.
- އެއަރކޮންޑިޝަން ގެންގޮސްދިނުމުގެ ޚަރަދާއި، ހަރުކޮށްދިނުމުގެ ޚަރަދު ތިރީގައިވާ ގޮތަށް އަަންދާސީހިސާބުގައި ހިމަނާފައި އޮންނަންވާނެއެވެ.
- ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކާޑެއްދޫ މީޓއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްސްގައި ހުންނަ ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (18000 BTU ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްސްގައި ހުންނަ ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީހަށް 01 އެއަރކޮންޑިޝަން (18000 BTU ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- ސ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ސ.ގަން ރީޖަނަލް ވެދަރ ސަރވިސް އޮފީހުގައި 01 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލް މައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ސަޕޯޓް ސަރވިސް ޔުނިޓްގައި 02 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލްމައުންޓް) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އެއޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަންތައް ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އެޑްމިން ބިލްޑިންގގައި 01 އެއަރކޮންޑިޝަން (BTU 18000 ގެ ވޯލްމައުންޓް، ޑިރެކްޓަރ ޖެނަރަލް މީޓިއޮރޮލޮޖީ ގެ ކޮޓަރިކޮޅުގައި) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- ހުޅުލޭ- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އެޑްމިން ބިލްޑިންގގައި 01 އެއަރކޮންޑިޝަން (BTU 9000 ގެ ވޯލްމައުންޓް، ނަމާދު ކޮޓަރީގައި) ގެންގޮސްދިނުމުގެ ޚަރަދާއި އަދި އޮފީހުން ދައްކާ ތަނެއްގައި އެ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ އަގު ހިމަނާފައި އޮންނަންވާނެއެވެ.
- އަަންދާސީހިސާބު ހުށަހަޅުއްވާއިރު، އެއަރކޮންޑިޝަންތަކުގެ ރޭޓް އަދި އަަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
- ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެނގެން އޮންނަންވާނެއެވެ.
- އެއަރ ކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
- އަަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- ތައްޔާރުކުރާ އަަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
- މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
- ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާ ގުޅުއްވުން އެދެމެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފުސީލު |
ޕޮއިންޓް |
|
70 |
|
15 |
|
05 |
|
10 |
ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓު ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
04 ރަޖަބު 1436