ދިވެހިރާއްޖެ
އެއްއަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ހެޑްއޮފީސް އިމާރާތް އަދި އިމާރާތުގެ ބިއްލޫރިތަށް ދޮވެ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
2. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
2.1 ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފަރާތަކީ ފާއިތުވި 5 ( ފަސް ) އަހަރު ދުވަހުގެ ތެރޭގައި، ކޮންޓްރެކްޓް އުސޫލުން މި ބާވަތުގެ، މަދުވެގެން 3 މަސައްކަތް ( އިމާރާތްތަށް ދޮވެ ސާފު)، ކޮށްފައިވާ، ތަޖުރިބާހުރި ފަރާތަކަށްވުން.
2.2 ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ހަވާލާދޭ ސިޓީ (ޕޮޒިޓިވް ރެފަރެންސް) ހުށަހަޅުމުންނެވެ.
2.3 ހަވާލާދޭ ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަމަ، ސިޓީއާއެކު އެ މަސައްކަތަށް ބާރުއަޅާ ލިޔެކިއުން ހުށަހަޅަންވާނެއެވެ. ހުށަހަޅާފައިވާ ސިޓީއާއި ބާރުދޭ ލިޔެކިއުންތަކުން މަސައްކަތުގެ ތަފްސީލް އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ، އެ ސިޓީ ބަލައިނުގަތުމުގެ އިޙްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
2.4 ހަވާލާދޭ ސިޓީ ގޮތުގައި ބަލައިގަނެވޭނީ ކުންފުނި/ސަރުކާރު އޮފީސްތައް/އިންސްޓިޓިއުޝަންސް/ކޮމިޝަންސް...، އިން ދީފައިވާ ސިޓީ ތަކެވެ.) އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ހަވާލާދޭ ސިޓީ ބަލައިނުގަނެވޭނެއެވެ.
3. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:
3.1 ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ހަވާލާދޭ ސިޓީ (2.1 ގައިވާ ގޮތަށް)
3.2 ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ
3.3 ކުންފުނީގެ ހިއްސާދާރުން/ވެރިފަރާތުގެ އައި.ޑީކާޑް ކޮޕީ
ރަޖިސްޓަރީ ކުރުން:
4.1 ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2024 މާރޗް 28 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.
އީމެއިލް އެޑްރެސް: tenders@sto.mv
ބީލަންކަރުދާސް ދޫކުރުން:
5.1 ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް، 2024 މާރޗް 31 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެ އަދި ބީލަން ކަރުދާސް ފޮނުވޭނީ މަތީގައި ބަޔާން ކުރެވިފައިވާ ބީލަމުގެ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ.
މައުލޫމާތު ދިނުން:
6.1 ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2024 އޭފްރިލް 02 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ބީލަންކަރުދާސް:
7.1 ބީލަންކަރުދާސް ހުށަހަޅަންވާނީ 2024 އޭޕްރިލް 07 ވަނަ ދުވަހު 1100،tenders@sto.mv އީމެއިލް އެޑްރެސް އަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ފޮނުވާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344167
އީމެއިލް: tenders@sto.mv