މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް 04 ފެރީ ކުއްޔައްދޭނެ ފަރާތެއް ހޯދުން (03 ވަނަ ގޮވާލުން)

އެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް 4 ފެރީ ކުއްޔައްދޭނެ ފަރާތެއް ހޯދުން: (03 ވަނަ ގޮވާލުން)

އެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް މި ކުންފުނިން ބޭނުންވާ މިންގަނޑުތަކަށް ފެތޭ 4 ފެރީ ކުއްޔަށްދޭނެ ފަރާތެއްހޯދުމަށް ކުރި އިޢުލާން ނަންބަރު: MTCC-PD/IU/2015/044 އާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، މި އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

ވީމާ, މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އެޕްރީލް 2015 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ސޯމިލްގެ 1 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 30 އެޕްރީލް 2015 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

4 ރަޖަބު 1436

23 އޭޕްރިލް 2015
ހޯދާ