ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2 ކޮޓަރީގެ 2 އެޕާޓްމަންޓް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މި ހޮސްޕިޓަލްގެ އިޢުލާން ނަންބަރު: 11/IUL)HMH-APS/1/2015)އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް 2 ކޮޓަރީގެ 2 އެޕާޓްމަންޓް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 29 ވާ ބުދަ ދުވަހު 11:30 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2015 މޭ 04 ވާ ހޯމަ ދުވަހު 11:00 އަށް މި ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
01 ރަޖަބު 1436
20 އޭޕްރިލް 2015
ހޯދާ