ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރު މަސައްކަތަށް ކުލީ ބިން ދޫކުރުން

މިރަށުގައި ފައިބަރު މަސައްކަތަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2024 މޭ 12 ވަނަ ދުވަހުގެ 13:15 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 އޭޕްރީލް 14 ވަނަ ދުވަހުން ފެށިގެން 09 މޭ 2024 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިއުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިންތަކެވެ.

  1. ބިން ނަންބަރު 63.3.1.1 ((100’x50’
  2. ބިން ނަންބަރު 63.3.1.2 ((100’x50’
  3. ބިން ނަންބަރު 63.3.1.3 ((100’x50’
  4. ބިން ނަންބަރު 63.3.1.4 ((100’x50’
  5. ބިން ނަންބަރު 63.3.1.5 ((100’x50’

 

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި/ އަމިއްލަ ފަރުދަކު ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ ބިމަކަށް އެންމެ ބިޑްފޯމެކެވެ.  ކޮންމެ ބިމަކަށް ހުށަހަޅަންވާނީ ވަކި ބިޑް ފޯމެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2024
ހޯދާ