ދިވެހިރާއްޖެ
ކުރިޔަށް އޮތް ދެ އަހަރަށް ގދ. މަޑަވެލީ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމްފަހައިދޭނެ ފަރާތެއް ހޯދުން
ވިޔަފާރި އުސޫލުން މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS-207/IUL/2024/10 (26 މާރޗް 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫން ނަމްބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން (ޤާނޫން ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަންތަކާއި އަދި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރު ނުކުރައްވާ ހުށަހަޅާފައި ހުންނަ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ރެޖިސްޓްރީ ކުރެއްވުމަށް ރަސްމީ ގަޑީގައި 7983090 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިސްކޫލުގެ އީ-މެއިލް އެޑްރެސް އަށް admin@madavelischool.edu.mv މެއިލް ކުރެއްވުން އެދެމެވެ.
ތާރީޚް |
ގަޑި |
ތަފުޞީލް |
23 އެޕްރީލް 2024 |
10:00 ގެ ކުރިން |
ނަން ނޯޓް ކުރުން(ޝައުގުވެރިވާ ފަރާތްތައް) |
25 އެޕްރީލް 2024 |
10:00 ގައި |
މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުން |
30 އެޕްރީލް 2024 |
10:00 ގައި |
ބިޑު ހުށެހެޅުން/ ބިޑު ހުޅުވުން |
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.