ދިވެހިރާއްޖެ
މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މޮޓޯ ސައިކަލް އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ (procurement@customs.gov.mv) އީމެއިލް އަށް 08 މޭ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ