އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އަތޮޅު ޒުވާނުންގެ ވޮލީބޯޅަ މުބާރާތް، އަންހެން

            އދ. އަތޮޅު ޒުވާނުންގެ ވޮލީ ބޯޅަ މުބާރާތުގައި ބައިވެރި ކުރާ މިރަށު އަންހެނުންގެ ވޮލީޓީމް އެކުލަވާލުމަށްޓަކާ، ވޮލީ ޕްރެކްޓިސް 3 މެއި 2024 ވާ ހުކުރުދުވަހުގެ ރޭ 9:00 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

            ވީމާ އދ. އަތޮޅު ޒުވާނުންގެ ވޮލީ ބޯޅަ މުބާރާތުގައި ކުޅުމަށް ޝައުގުވެރިވެލައްވާ އެންމެހާ އަންހެންބޭކަނބަލުން 3 މެއި 2024 ވާ ހުކުރުދުވަހުގެ ރޭ 21:00 އަށް ކިޔު އައި (QI) ވޮލީ ކޯޓަށް ޕްރެކްޓިހައް ތައްޔާރުވެގެން ވަޑައިގެންދެއްވުން އެދެމެވެ.

30 އޭޕްރިލް 2024
ހޯދާ