ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

                ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާ އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މޭ 19 ވަނަ ދުވަހުން ފެށިގެން 2024 ޖޫން 05 ވާ ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 13:30 އަށެވެ. އަދި 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ 08:00 އިން 12:00 އާ ހަމަޔަށެވެ.

                މި ތާރީޚުގެ ފަހުން ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

                ފަޤީރުންނާއި މިސްކީނުގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ ޢިއުލާން ކުރީމެވެ.

19 މޭ 2024
ހޯދާ