ދިވެހިރާއްޖެ
ފުވައްމުލައް ސިޓީ އިން ދަނޑުވެރިކަމަށް ބިން ދޫކުރުމާއި ބިން ދޫކުރުމާއިގުޅޭ
ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި ބިން ދޫކުރުމާއި ، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލް އިން ދަނޑުވެރިކަމަށް ބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުސޫލް ފާސްކޮށް ވަނީ އާންމު ކުރެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން " ފުވައްމުލައް ސިޓީއިން ދަނޑުވެރިކަމަށް ބިން ހޯދުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށް ފަހު 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން es@fuvahmulah.gov.mv އަށް ފޮނުވުމަށް ދަންނަވަމެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6862828 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
10 ޛުލްޤައިދާ 1445
23 މެއި 2024