ދިވެހިރާއްޖެ
އިޢުލާން
ތާރީޚް: 26 މެއި 2024 |
ނަންބަރ: (IUL)327-A/327/2024/150 |
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން |
ތިރީގައި އެވަނީ 22 މެއި ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 17 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
1) ނައިފަރު ކައުންސިލަށް ޑަމްޕް ޓްރަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/102 އިޢުލާނާއި ގުޅިގެން މި ބީލަމަށް އަގު ހުށަހަޅާފައިވަނީ ހަމައެކަނި ދޮންދީދީ އިން ކަމުގައި ވެފައި، މި ފަރާތުން ހުށަހަޅާފައިވާ އަގަކީ ބަޖެޓަށްފެތޭ އަގަކަށްވެ، މި ފަރާތަށް ޝަރުތުހަމަވާތީވެ ދޮންދީދީއަށް މި ބީލަން އެވޯޑު ކުރަން ފެންނަކަމަށް.
2) 1445 ވަނަ އަހަރުގެ އަޟްހާ ޢީދާ ގުޅުވައިގެން ހަވާ އެރުވުމުގެ ބީލަން "ސިންގަލް ސޯސް" ޕްރޮކިއުމަންޓް ގެ އުޞޫލުން ވަކިފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމާއި ގުޅިގެން 10.25 ގެ ރ ގެ އެއްވަނަ މާއްދާގައިވާ ގޮތުގެމަތިން، ހިދުމަތް ލިބެންހުރި ހަމައެކަނި ފަރާތްކަމުގައިވާ ސިފައިންގެ ކޯޕަރޭޓިވްއާއި މަސައްކަތް ހަވާލްކުރަން ފެންނަކަމަށް.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.