މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަކަރި އަދި ކުކުޅު ގެންގުޅުމަށް ބިން ދޫކުރުން
ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރު ގެންގުޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ބިންދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މިސަރަހައްދުން ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު މިއިޢުލާނާއެކުވާ މަޢުލޫމާތު ޝީޓްގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
06 ޖޫން 2024 |
ބުރާސްފަތި |
14:00 |
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
13 ޖޫން 2024 |
ބުރާސްފަތި |
10:00 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
- ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/LeeaLpxewT?origin=lprLink
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
- ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
- އިތުރުމަޢުލޫމާތު ސާފުކުރުމަށް info@veyvah.gov.mv އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6720035، 9757801 އަށް ގުޅުއްވުން އެދެމެވެ.
27 މޭ 2024
ހޯދާ