މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މާކުރަތު ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ ސްޓަރފް ރޫމާއި އެލް.ޓީ ރޫމާއި އަދި އޮފީސް ރޫމަށް ބޭނުންވާ ފަރުނީޗަރު ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު (2)

                                                                                                 

މާކުރަތު ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ ސްޓަރފް ރޫމާއި އެލް.ޓީ ރޫމާއި އަދި އޮފީސް ރޫމަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ގުޅޭ.  

1  މާކުރަތު ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ ސްޓަރފް ރޫމާއި އެލް.ޓީ ރޫމާއި އަދި އޮފީސް ރޫމަށް ބޭނުންވާ ފަރުނީޗަރު ހޯދަން ބޭނުންވެއެވެ. 

2  މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3  މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024މެއި 29 ން 2024 ޖޫން 05 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" މެއިލް ކުރާނީ:budget@maakurathuschool.edu.mv

4  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖޫން 06 ވަނަ ދުވަހުގެކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖޫން 13 ވަނަ ދުވަހުގެ 11:00ގައިމާކުރަތު ސްކޫލުގައެވެ.

6  ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000ރ.(ފަސް ހާސް ރުފިޔާ) ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

7  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި ބިޑް ރަޖިސްޓްރީ ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

8  މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

މާކުރަތު ސްކޫލް، ރ. މާކުރަތު، ދިވެހިރާއްޖެ.   

ފޯން:  6580333

އީ-މެއިލް: budget@maakurathuschool.edu.mv

28 މޭ 2024
ހޯދާ