ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގައި އޮޑިވަޅު ސަރަޙައްދުގައި މަދިރި އާލާވާގޮތަށް ހުރިތަންތަން ސާފު ކުރުމާގުޅޭ

އިޢުލާން

ތިނަދޫ ސިޓީގައި އޮޑިވަޅު ސަރަޙައްދުގައި މަދިރި އާލާވާގޮތަށް ހުރިތަންތަން ސާފު ކުރުމާގުޅޭ

            ތިނަދޫ ސިޓީގެ އޮޑިވަޅު ސަރަޙައްދުގައި ގިނަ ތަންތަނުގައި ފެން ހަރުލާގޮތަށް ތަންތަނާއި ތަކެތި ހުރިކަމަށް މި ކައުންސިލަށް ފާހަގަ ކުރެވެއެވެ. މި ގޮތަށް ފެންހެދިފައި ގިނަ ދުވަސް ތަކެއްވަންދެން ހުރުމަކީ މަދިރި އާލާވާނެ ކަމެކެވެ. މިގޮތަށް މަދިރި އާލާވާ ގޮތަށް ތަންތަން ހުރުމަކީ ރަށުތެރޭގައި ބަލިމަޑުކަން ގިނަ ވެދާނެ ކަމެއް ކަމުގައި ދެކެމެވެ. ތިނަދޫ ސިޓީގައި މިހާރު އާންމު ވެގެން އުޅޭ ޑެންގީ ހުމަކީ މިދެންނެވި އޮޑިވަޅުގެ ސަރަޙައްދުގައި ގިނަ ތަންތަނުގައި ފެން ހަރުލާ ގޮތަށް ހުރުމުން ކަމަށް ތިނަދޫ ސިޓީގައި މަސައްކަތް ކުރައްވާ ސިއްޙީ‏މާހިރުން ވިދާޅުވެއެވެ.

            ވީމާ، މި ދެންނެވިހެން ފެންހަރުލާ ގޮތަށްހުރި ތަންތަން 28 މެއި 2024 (މިއަދު) އިން ފެށިގެން 07 ދުވަހުގެ ތެރޭގައި ސާފުކުރުމަށް އެތަންތަނުގެ ވެރިފަރާތަށް އަންގަމެވެ. އަދި މި މުއްދަތުގެ ފަހުން މި ސަރަޙައްދުގައި ފެންހަރުލާ ގޮތަށް ތަނެއް ހުރިނަމަ މި އިދާރާއިން އިންސްޕެކްޓް ކުރުމަށްފަހު ވެރިފަރާތްތައް ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.

28 މޭ 2024
ހޯދާ