ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އިމާމު / މުދިމު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމް އޮތް އޮފީސް

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ލ. މާވަށުގައި އަލަށް އިމާރާތްކުރި މިސްކިތް

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމާވެ ނަމާދުކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކަންތައްތައް، ކައުންސިލްގެ އިދާރާއަށް އަންގައި، އެކަންތައްތައް ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  •  މަރުވާ މީހުންގެ ކަށުކަމާއިކެމީގެ ކަންތައްތައް، ކައުންސިލް އިދާރާއިން އަންގަވާގޮތެއްގެމަތިން ކުރުމާއި، މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދުތައް އިމާމުވެ ކުރުން.
  • މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުން. 
  • ކައުންސިލް އިދާރާއިން އަންގަވާގޮތެއްގެމަތިން އިމާމުވެ ކޭތަ ނަމާދާއި ޢީދު ނަމާދު ކުރުން.
  • މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ކައުންސިލްގެ އިދާރާއިން އަންގަވާގޮތެއްގެމަތިން ފުރިހަމަ އެއްބާރުލުން ދިނުން.
  • މިސްކިތާ ގުޅޭގޮތުން ރައްޔިތުން ކުރާ ޝަކުވާ އަޑުއަހައި، އެ ޝަކުވާތައް ކައުންސިލްގެ އިދާރާގެ ވެރިންނާ ހިއްސާކޮށް، ރަނގަޅުކުރެވެންހުރި ކަންތައްތައް ރަނގަޅުކުރުމަށް ފުރިހަމަޔަށް މަސައްކަތްކުރުން.
  • މިސްކިތުގެ މަސައްކަތު މީހުން، މަސައްކަތްކުރާ ނުކުރާގޮތް ބެލުމާއި، ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެމަތިން އެމީހުންލައްވާ މަސައްކަތްކުރުވުން.
  • މިސްކިތާ ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައް ކުރުވުން.
  • މި މަޤާމުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެމަތިން ކުރުމަށް ފުރިހަމަޔަށް އެއްބާރުލުން ދިނުން.
  • މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތުގެ އިމާމު/މުދިމު މިސްކިތުގެތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި، ފަންކާފަދަ ތަކެތި ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.
  • މިސްކިތުގެ އިމާމަކު ވަޒީފާއަށް ނުކުމެ ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށް ދިޔުމަށް ޢުޒުރުވެރިވެއްޖެނަމަ އެ ދުވަހުގެ ބަކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށްފައިވާ އިމާމު މީހާގެ ޒިންމާއެކެވެ. މިގޮތުން، ހަވާލުކުރާ އިމާމަކީ ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގޭ މީހަކަށްވުމާއި ، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކުކަމުގައި ވާންވާނެއެވެ. އަދި މިކަން ކައުންސިލް އިދާރާއަށް އަންގަންވާނެއެވެ.
  • ދާއިމީ އަދި ވަގުތީގޮތުން މިސްކިތްތަކާ ހަވާލުވެފައިވާ އިމާމުން / މުދިމުން ރަސްމީ ދުވަސްތަކުގައި 13:00 ގެ ކުރިން ސޮއިކުރަންވާނެއެވެ.
  • މިސްކިތު މަސައްކަތު މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

މަޤާމް

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމް

ޖީ. އެސް. 1

 

 

 

 

 

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

3565.00

 

 

 

 

1500.00

އިމާމް

 

ޖީ. އެސް. 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން   ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4465.00

1500.00

 

 

އިމާމް

 

 

ޖީ. އެސް. 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

00.5020

1500.00

އެމް. އެސް. 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5610.00

2000.00

އެމް. އެސް. 2

 

 

 

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

6295.00

 

 

 

 

2000.00

 

 

 

 

އިސް އިމާމު

 

 

 

 

 

އެމް. އެސް. 3

 

 

 

 

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމްކަމުގެ މަޤާމުގައި އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

7035.00

 

 

 

 

2000.00

 

 

 

އެހެނިހެން ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ވަޒީފާއަށް  އެންމެ ޤާބިލް  ފަރާތެއް  ހޮވުމަށް  ބެލޭނީ،  ސިވިލް  ސަރވިސް  ކޮމިޝަނުން  ނެރެ ޝާއިޢުކޮށްފައިވާ،  ސިވިލް  ސަރވިސްގެ  ވަޒީފާތަކަށް  މީހުން  ހޮވުމާއި  ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 1 އެޕްރީލް 2013 ގައިވާ ސަޕޯޓް ސަރވިސްގެ  މަޤާމުތަކަށް  މުވައްޒަފުން  ޢައްޔަންކުރުމުގެ  ކުރައިޓީރިއާ (ޖީ. އެސް. 1 އިން އެމް. އެސް. 3 އަށް) ގައިވާ ގޮތުގެ މަތިންނެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވަނީ، 25 މޭ 2015 ން 11 ޖޫން 2015 ގެ ނިޔަލަށް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން ލިޔުމަކުން އެންގޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ލިބެން ހުންނާނީ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބުސައިޓުންނެވެ.

2. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 މޭ 24 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަށްޖެހޭ ލިޔުންތައް، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ސުންގަނޑި ހަމަވުމުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއްވެސް، ލިޔުމެއްވެސް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ 6800718  ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6800718 އެވެ.  އީ މެއިލް ކުރާނީ maavahcouncil@gmail.com އަށެވެ.

22 ރަޖަބު 1436

                

11 މޭ 2015
ހޯދާ