މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތިލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުން

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަމަށް އެދި މި މިނިސްޓްރީއަށް ހުށަހެޅި ފަރާތްތަކުގެ މެދުގައި މިއަދު (4 ޖޫން 2024) ބޭއްވުނު ގުރުއަތުލުމުން ގުޅީފަޅަށް ގޯތި ބަދަލުވާ ފަރާތެއްގެ ގޮތުގައި ހޮވިފައިވާ ފަރާތްތަކާއި ނުހޮވޭ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މިގުރުއަތުލުމުން ގުޅީފަޅަށް ގޯތި ބަދަލުވާ ފަރާތެއްގެ ގޮތުގައި ނޮހޮވޭ ފަރާތްތައް ހިމެނޭނީ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތެއްގެ ގޮތުގައިކަމުގައި ދަންނަވަމެވެ.

މީގެއިތުރުން ގިރާވަރުފަޅާއި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާއި ގުޅިގެން ގިރާވަރުފަޅުންނާއި ގުޅީފަޅުން ގޯތިލިބިފައިވާ (ގިރާވަރުފަޅުން ގުޅީފަޅަށް ގޯތިބަދަލުކުރެވިފައިވާ ފަރާތްތައް ހިމެނޭގޮތަށް) ފަރާތްތަކަށް ލިބޭ ލޮޓް ނަންބަރ ކަނޑައެޅުމަށް ބޭއްވޭ ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެއެވެ.

މިކަމާގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ތިރީގައިވާ (ހިޔާވަހިޕޯޓަލް) ލިންކް މެދުވެރިކޮށްހުށަހެޅުމަށް ދަންނަވަމެވެ.

ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް:  https://hiyaavehi.housing.gov.mv/

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު :3020809، 3020810،3020812

04 ޖޫން 2024
ހޯދާ