ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުރިނބީ ސުކޫލުގެ ސެކަންޑް ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން (2ވަނަ އިޢުލާނު)
- މިސްކޫލުގެ ނަންބަރ GS95/2024/013 އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތާއި، ބިޑް ޑޮކިއުމެންޓްގައި މައްސަލަތަކެއް ހުރުމާއެކު، ބިޑް އިވަލުއޭޓް ކުރެވޭނެ ގޮތް ނުވުމުން އެ އިޢުލާން ބާތިލްކޮށް އަލުން ފުރުޝަތު ހުޅުވާލަމެވެ.
- މި ސްކޫލުންދޭ ނަމޫނާ އާއި އެއްގޮތަށް ދަރިވަރުންގެ ސެކަންޑް ޔުނީފޯމް ތައްޔާރުކޮށް ކުރިއަށް އޮތް 2 އަހަރަށް ފޯރުކޮށްދިނުމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ވީމާ މިކަމަށް ޝަޢުޤުވެރިވެލަށްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކު ގައި ބިޑްރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުން އެދެމެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 2024 ޖޫން 10 ވަނަދުވަހުގެ 14:00 ގެ ކުރިން 9995686 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.
- އީމެއިލް ކުރައްވާނީ admin@kurinbeeschool.edu.mv އަށެވެ.
- ބީލަމާގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން ބާއްވާގޮތަށް ހަމަޖެހިފައެއްނުވެއެވެ.
ތާރީޚް |
ތަފްޞީލް |
ގަޑި |
ތަން |
05 ޖޫން 2024 އިން 10 ޖޫން 2024 އަށް |
ރަޖިސްޓްރީކުރުން |
09:00 އިން 14:00 އަށް |
ކުރިނބީ ސްކޫލް / ހދ. ކުރިނބި |
13 ޖޫން 2024 |
އަންދާސީ ހިސާބު ހުށައެޅުން |
ހެނދުނު 10:30 ގައި |
ކުރިނބީ ސްކޫލް / ހދ. ކުރިނބި |
- މި ޚިދުމަތަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ވީމާ، މި ބީލަމުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖޫން 10 ވަނަ ދުވަހުގެ ކުރިން ސްކޫލަށް ވަޑައިގެން ނުވަތަ admin@kurinbeeschool.edu.mv މި އީ-މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
05 ޖޫން 2024
ހޯދާ