ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ މަގުމަތީގައި ހެދިފައިވާ ގަސްތައް އުފުރައި މަގު ސާފުކުރުމާގުޅޭ

އިޢުލާން

ތިނަދޫ ސިޓީ މަގުމަތީގައި ހެދިފައިވާ ގަސްތައް އުފުރައި މަގު ސާފުކުރުމާގުޅޭ

            ތިނަދޫ ސިޓީ ( އާބާދީ ހިނގުމުން ފެށިގެން ހަވީރީ ހިނގުމާހަމަޔަށް) ގިނަ މަގުތަކުގައި ގަސްތައް ފަޅާފައިވާކަން މި ކައުންސިލަށް ފާހަގަ ކުރެވެއެވެ. މިގޮތަށް ގަސްތައް ހެދިފައި މިވަނީ މި ސަރަޙއްދުން ގޯތިތައް ދޫކޮށްފައިވާ ގިނަ ފަރާތްތަކުން ފަރުވާތެރި ކަމާއެކު ގޯތިތަކާއި އިންވެގެންވާ މަގުތައް ސާފު ކުރަމުން ނުގެންދާތީއެވެ.

            މި ދެންނެވި ސަރަޙައްދުގެ މަގުތަކުގައި ހެދިފައިވާ ގަސްތައް އުފުރައި ވިނަތައް ނޮޅުމަށް މަގާއި އިންވެގެންވާ ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކަށް މިއަދު 05 ޖޫން 2024 ވަނަ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި ސާފުކުރުމަށް އަންގަމެވެ.

            ވީމާ، މަތީގައި ބަޔާން ކޮށްފައިވާ ތަރީޚްގައި މި ސަރަޙައްދުގެ މަގުތައް  ސާފު ނުކޮށްފިނަމަ ތިނަދޫ ސިޓީ ކައުންސިލުން އެކުލަވައި ގެޒެޓް ކޮށްފައިވާ ޤަވާޢިދު 2014-R/207 (ޢާއްމު އުދަގުލާއިބެހޭ ޤަވާއިދު) ގައިވާ ގޮތަށް ޢަމަލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.

                  28 ޛުލްޤައިދާ 1445

05 ޖޫން 2024
ހޯދާ