ދިވެހިރާއްޖެ
އިޢުލާން
ތާރީޚް: 09 ޖޫން 2024 |
ނަންބަރ: (IUL)327-A/327/2024/167 |
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން |
ތިރީގައި އެވަނީ 06 ޖޫން ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 19 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
1) ޅ. ނައިފަރު ފުޓްސަލް ދަނޑު ފެންސް މަސައްކަތް ކުރަމުން ގެންދާ ޓީ.އޭ.ސީ ކޮންސްޓްރަކްޝަންގެ ފަރާތުން 6 ޖޫން 2024 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ހުށަހަޅާފައިވާ ސައިޓް އިންސްޕެކްޝަން ފޯމްތަކަށްބަލައި މަސައްކަތުގެ މުއްދަތު 10 ދުވަސް އިތުރުކުރަން ފެންނަކަމަށް.
2) ނައިފަރު ކައުންސިލުން ހުށަހަޅާ ކުރެހުމާއި އެއްގޮތަށް ނައިފަރުގައި ދަތުރުވެރިންގެ ހިޔާއެއް ޢިމާރާތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/134 އިޢުލާނާއި ގުޅިގެން މި ބީލަމަށް އަގު ހުށަހަޅާފައިވާ ފަރާތްތަކުން އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް ޓީ.އޭ.ސީ ކޮންސްޓްރަކްޝަންއަށް ބީލަން އެވަރޑްކުރަން ފެންނަކަމަށް.
3) ނައިފަރު ކައުންސިލަށް 1050 ޕްލާސްޓިކު ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/139 އިޢުލާނާއި ގުޅިގެން މި ބީލަމަށް އަގު ހުށަހަޅާފައިވާ ފަރާތްތަކުން އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެންމެ މަތިން މާކްސް ލިބުން އެލް. އެމް. އޭ އިންވެސްޓްމަންޓްއަށް ބީލަން އެވަރޑްކުރަން ފެންނަކަމަށް.
4) ނައިފަރުގައި ހިނަވާގެއަކާއި މޯޗަރީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/114 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަށް އިވެލުއޭޝަން އިސްލާހްކުރުމަށްފަހު އަލުން ބިޑުކޮމެޓީއަށް ހުށަހެޅުމަށް ފެންނަކަމަށް.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.