ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
ޕްރޮގްރާމް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/6،295 ރުފިޔާ
-/2،000 ރުފިޔާ
މުސާރައިގެ %35 ( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްލޭނިންގގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕޮލިސީ އެންޑް ޕްލޭނިންގ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ބައިނަލްއަޤުވާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަންގެ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި އެކްޝަން ޕްލޭންތައް އެކުލަވާލުމުގައި ޔުނިޓުގެ ހެޑަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ވޭސްޓް މެނޭޖްމަންޓް ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީ ކުރުމަށްޓަކައި ރާއްޖެ ޒޯންތަކަކަށް ބަހާލުމަށްޓަކައި އެކަމާ ބެހޭގޮތުން ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް އެބައްދަލުވުންތަކަށް ބޭނުންވާ ޑޮކިއުމަންޓްތައް ތައްޔާރުކުރުން،
- ޔުނިޓްގެ ފައިލިންގ ސިސްޓަމެއް ޤާއިމުކޮށް ޔުނިޓްގެ މަސައްކަތްތަކާބެހޭ ޑޮކިއުމަންޓްތައް ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމާއި އަދި އެ ޑޮކިއުމަންޓްތައް ތަރުތީބުކޮށް ބެލެހެއްޓުން.
- ޔުނިޓް ހެޑަށް ލަފައާއި މަޝްވަރާ ދިނުމާއި، އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
- ޑިޕާޓްމަންޓާއި އޮފީހުގެ އެހެނިހެން މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މެނޭޖްމަންޓްގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު.
- ގިނަވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުފަތުރު ކުރެވޭ ފަރާތަކަށްވުން.
- ޕޮލިސީ އެންޑް ޕްލޭނިންގ ތަޖުރިބާ ހުރި މިންވަރު.
- ޑޭޓާ ބޭސް މެއިންޓެއިންސް އިންފޮމޭޝަން ސިސްޓަމް އަޕްޑޭޓް ކުރުން ފަދަ މަސައްކަތުގެ ތަޖުރިބާ ހުރި މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 28 މޭ 2015 އާއި 30 ޖޫން 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
25 ރަޖަބު 1436 |