ދިވެހިރާއްޖެ
އިޢުލާން
ތާރީޚް: 27 ޖޫން 2024 |
ނަންބަރ: (IUL)327-A/327/2024/180 |
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން |
ތިރީގައި އެވަނީ 26 ޖޫން ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 21 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
1) ނައިފަރު ކައުންސިލަށް ސިޒަރ ލިފްޓެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކުރަމުންއަންނަ މެއިޓަސް ޓްރޭޑާރސް ޕްރައިވެޓް ލިމިޓެޑުން 13 ޖޫން 2024 ގައި ހުށަހަޅާފައިވާ ސިޓީއާއި ގުޅޭގޮތުން، މި ބީލަމާއި ގުޅިގެން ނައިފަރު ކައުންސިލާއިއެކު ވެވިފައިވާ ނަންބަރ (AGR)327-A/PRIV/2024/45 އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ކައުންސިލަށް ލިބޭ ގޮތަށް މަސައްކަތް ރާވާހިންގުމަކީ ކޮންޓްރެކްޓާރގެ ޒިންމާއެއް ކަމަށްވާތީ އެދިލައްވާފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް ނިންމުން.
2) ޅ.ނައިފަރުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކްއަށް ބޭނުންވާ ތަކެތި ހޯދުމަށް ނައިފަރު ކައުންސިލާއި މެއިޓަސް ޓްރޭޑާރސް ޕްރައިވެޓް ލިމިޓެޑާއިއެކު ވެފައިވާ ނަމްބަރު (AGR)327-A/PRIV/2024/33 އެއްބަސްވުމާއި ގުޅިގެން ދަޢުލަތުގެ މާލިއްޔަތުގެ 10.65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިކުއިޑޭޓަޑް ޑެމޭޖަސް އަށްވުރެ މަތިވެފައިވާތީވެ، އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން މާލިއްޔަތު ޤަވާޢިދުގެ 10.65 ގެ (ށ) ، (ނ) އަދި މަސައްކަތްހަވާލުކުރި ފަރާތާއިއެކު ވެވުނު އެއްބަސްވުން ނަމްބަރ(AGR)327-A/PRIV/2023/33 ގެ 12.4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއްބަސްވުން ބާތިލްކޮށް މަސައްކަތް ވަކިކުރުމާއިއެކު، މާލިއްޔަތު ޤަވާޢިދުގެ 10.65 ގެ (ރ) ގައިވާގޮތުގެ މަތިން އަމަލުކުރުމަށް ފެންނަކަމަށް ނިންމުން.
3) އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އިވެލުއޭޝަންއިން އެންމެ މަތިން މާރކްސް ލިބިފައިވާ މާރތެލޯއަށް ބިން ނަންބަރު E5 އަދި F5 ދެބިން އެއްކޮށް ކުއްޔަށް ދިނުމަށް ފެންނަކަމަށް ނިންމުން.
4) އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އިވެލުއޭޝަންއިން އެންމެ މަތިން މާރކް ލިބިފައިވާ ޖުވެނައިލް ކޯޕަރޭޓިވް ސޮސައިޓީއަށް ބިން ނަންބަރު D3 ކުއްޔަށް ދިނުމަށް ފެންނަކަމަށް ނިންމުން.
5) އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ބިން ނަންބަރު G8 އިވެލުއޭޝަން އިން އެންމެ މަތިން މާރކްސް ލިބިފައިވާ މާރތެލޯ އަދި ބޫލުންމިންގ މާރކްސްގެ ގޮތުން އެއްވަރުވެފައިވާތީ މަޢުލޫމާތު ކަރުދާހުގެ ޖަދުވަލު 6 ގައިވާ ގޮތުގެ މަތިން ގުރުއަތުލުމުގެ ކަންކަން އިދާރީ ގޮތުން ނިންމުމަށްފަހު ގުރުއަތުން ހޮވޭފަރާތަށް އެވޯޑު ކުރުމަށް ބިޑުކޮމެޓީއަށް އަލުން ހުށަހެޅުމަށް ފެންނަކަމަށް ނިންމުން.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
27 ޖޫން 2024