ދިވެހިރާއްޖެ
އެކައުންޓިންގ ސަރވިސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި ކުންފުންޏަށް އެކައުންޓިންގ ސަރވިސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތުގެ ޓާރމްސް އޮފް ރިފެރެންސް މިއިޢްލާނަށް އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު މިއިޢްލާނާއެކުގައިވާ އިންފޮމޭޝަން 'އިންފޮމޭޝަން ޝީޓް' ގައި އެވަނީއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކު މެދުވެރިކޮށް އެފަރާތެއްގެ ޝައުޤުވެރިކަން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
ގޫގުލް ލިންކް: |
ޝައުޤުވެރިކަން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް 9 ޖުލައި 2024 ވާ އަންގާރަ ދުވަހު އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން ބާއްވާ ތަނާއި، ގަޑި އަދި، ވަގުތު އަންގާނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 16 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 11:00 އެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ޝައުޤުވެރިކަން ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ އީމެއިލް (univiya.holdings@univiya.com.mv) އަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ލިއުމުން ފޮނުއްވައި ދެއްވުން އެދެމެވެ.
30 ޖޫން 2024