އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރ. އުގޫފާރު ލާރނިންގ ސެންޓަރ)

ވަޒީފާގެ ފުރުސަތު

                   ނަންބަރު:IUMH-AD/I/2024/12

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ : 4000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 110.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 1200.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 150.00 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތް ކުރާކަމުގައިވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ލަރނިންގ ސެންޓަރ –   ރ. އުގޫފާރު

މަޤާމުގެ ޝަރްޠުތައް:

ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަ ރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަ ރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް  ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު،ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މީގެ އިތުރުން

ކޮމްޕިއުޓަރ ލިޓެރަސީ: މައިކްރޮސޮފްޓް ވާޑު އެކްސެލް ފަދަ ޕްރޮގްރާމްތަކަށް ރަނގަޅަށް އަހުލުވެރިވެފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  • ލާރނިންގ ސެންޓަރަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހެނިހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  • މުވައްޒަފުންނާއި ބެހޭ ރިކޯޑުތައް ބެލެހެއްޓުމާއި ހަމަޖެހިފައި އޮންނަ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނަ ވެރިއެއްގެ ލަފާގެ މަތިން ކުރުން.
  • ލާރނިންގ ސެންޓަރުގެ ޔައުމިއްޔާ ލިޔެ، އެޔައުމިއްޔާގައި ސޮއި ކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  • ދަރިވަރުން ހުށަހަޅާ އެސައިންމަންޓްތަކާ ބެހޭ މަޢުލޫމާތު (ދަރިވަރުގެ ނަމާއި އައި. ޑީ ނަންބަރު، ހުށަހަޅާ އެސައިންމަންޓްގެ މާއްދާގެ ނަން، ސެންޓަރަށް އެސައިންމަންޓް ބަލައިގަތް ތާރީޚާއި އަދި ބަލައިގަތް މުވައްޒަފުގެ ނަން) ހިމަނައިގެން ލިސްޓެއް ތައްޔާރުކޮށް ސޮއި ކުރުވުމަށް ފަހު ލެކްޗަރަރއިންނާ އެސައިންމެންޓްތައް ޙަވާލުކުރުން.
  • ދަރިވަރުންގެ ސްޓެޓިސްޓިކްސް ތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  • އައިޔޫއެމްގެ ލާރނިންގ ސެންޓަރަށް އައިޔޫއެމްގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅުންގެ އެންމެހާ ކަންތައްތައް އިދާރީ ގޮތުން ހަމަޖެއްސުން.
  • ދަރިވަރުންގެ ހާޒިރީ އަޕްޓޭޑްކޮށް ބެލެހެއްޓުމާއި އެކު ލެކްޗަރަރއިންގެ ހާޒިރީ ކިޔަވައި ދެވިފައިވާ ގަޑިތައް އެނގޭނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކޮންމެ މަހެއް ނިމުމުން، ލެކްޗަރާރުން އަތުން ހާޒިރީތައް ހޯދާ އެމަހުގެ ދަރިވަރުންގެ ހާޒިރީ ރިޕޯޓް ފެށޭމަހުގެ 5 ގެ ކުރިން ނޯޓިސް ބޯޑަށް ނެރުން.
  • އިމްތިހާންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • އިމްތިހާންބާއްވާ ހޯލާއި ކުލާސް ރޫމްތައް ތައްޔާރުކުރުން.
  • އިމްތިހާނު އިންވިޖިލޭޓް ކުރުމުގެ އިދާރީ ކަންތައް އެގްޒަމިނޭޝަން ޑިޕާރޓްމަންޓާއި ގުޅައިގެން ހަމަޖެއްސުން.
  • ކަނޑައެޅިފައިވާ އުސޫލުން އިމްތިހާނުތަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށް އަންގަމުން ގެންދިއުމުގައި އެގްޒަމިނޭޝަން ޑިޕާރޓްމަންޓަށް އެހީތެރިވުން.
  • މާއްދާތަކުގެ އައުޓްލައިން ޕްރިންޓްކޮށް ފައިލްކުރަން ތައްޔާރު ކުރުމާއި، ލެކްޗަރާސް އަށް ކަނޑައެޅިފައިވާ ސްޓޯރޭޖް ފެސިލިޓީތައް ތައްޔާރު ކުރުމާއި އަލަށް  ލާރނިން ސެންޓަރުގައި ކިޔަވައިދެއްވަން ފައްޓަވާ ލެކްޗަރަރރުންގެ ސީ.ވީ ފަދަ މަޢުލޫމާތުތައް ހޯދައި ހަމަކުރުމާއި، ފުރިހަމަ ކުރަންޖެހޭ ފޯމްތައް ފުރިހަމަ ކުރުމާއިއެކު އެ ލެކްޗަރާރުން ރަޖިސްޓްރީ ކުރުން.
  • އެކިއެކި ކަންކަމުގައި ލާރނިން ސެންޓަރަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • ކޮންމެ ސެމިސްޓަރއެއް ނިމުމުން ލާރނިންގ ސެންޓަރުގައި ދަރިވަރުންގެ ސަބްޖެކްޓް އެޓެންޑެންސް ރިޕޯޓާއި ލެކްޗަރަރރުންގެ އެޓެންޑެންސް ރިޕޯޓް ކޮންޓެކްޓް ގަޑި އެނގޭނެހެން ތައްޔާރު ކުރުމަށްފަހު، ކަމާ ބެހޭ ޑިޕާރޓްމަންޓްތަކަށް ފޮނުވުން.
  • ލާރނިން ސެންޓަރުގައި ކިޔަވާ ދަރިވަރުން އެކަޑެމިކް ކަލަންޑަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަރިވަރުންނާއި ގުޅުންހުރި ކަންކަން ( ރެޖިސްޓަރކުރުން، އެޑްވާންސް ސްޓޭންޑިން، ކޯސް ފަސްކުރުން/ ދޫކޮށްލުން) ނިންމާތޯ ބަލާ، ނުނިންމާނަމަ ގަވާއިދާއެއްގޮތަށް ކޯޑިނޭޓަރ/ ޑީން އަށް މަހުންމަހަށް ރިޕޯޓް ކުރުން.
  • ކޮންމެ ސެމިސްޓަރއެއް ފެށޭއިރު ލެކްޗަރާއިންނަށް ބޭނުންވާ އެންމެހާ މައުލޫމާތު (ހާޒިރީ، ލެކްޗަރާއިންގެ އިރުޝާދު، ޓައިމްޓޭބަލް،ދަތުރު ޝެޑިއުލް، ޓެސްޓްޕޭޕަރ ސާންޕަލް، މާކުސް އެންޓަރކުރާ ޝީޓް) ތައްޔާރުކޮށް ލެކްޗަރާއިންނަށް ފޮނުވުން.
  • މީގެ އިތުރުން ލާރނިން ސެންޓަރުތަކުގެ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު jobs@iumholdings.com.mv އަށް 14 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

 

އިތުރު މައުލޫމާތު:

  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3016522 އަށް ގުޅުއްވުން އެދެމެވެ.

04 ޖުލައި 2024

04 ޖުލައި 2024
ހޯދާ