މަޤާމު:
|
ސީނިއަރ ލީގަލް އޮފިސަރ (ސީއެސް 11-2)
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން:
|
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް
|
މުސާރަ:
|
12,460.00 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު: 5,640.00 ރުފިޔާ
|
އޮފީސް/ ވަޒީފާއަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ
|
ސެކްޝަން:
|
ލީގަލް އެފެއާރޒް
|
މަޤާމުގެ ޝަރުޠު:
|
- ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީއެސް 9-5 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން. ނުވަތަ،
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މިނިސްޓްރީ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތުތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ޤާނޫނީ ލަފާދިނުމާއި ޤާނޫނީ ލިޔެކިޔުންތައް އެކުލަވާލާ ތައްޔާރުކުރުން، ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބައިވެރިވުމާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން، މިނިސްޓްރީއާއި އެހެނިހެން ފަރާތްތަކާ ދެމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ގޮތުން މިނިސްޓްރީއަށް ލަފަޔާއި އިރުޝާދު ދިނުން، މިނިސްޓްރީއިން އެކުލަވާލާ ގަވާއިދުގެ ދެލިކޮޕީތައް ބަލައި، އެ ގަވާއިދުތަކަށް އަމަލުކުރަން ފެށުމާބެހޭ ގޮތުން ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން.
- މިނިސްޓްރީގެ އިދާރާތަކަށް ބޭނުންވާނެ ބިލްތައް އެކުލަވާލުމުގައާއި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް ހެދުމުގައި އެކިއެކި އިދާރާތަކަށް ބޭނުންވާ ލަފާ (ލެޖިސްލޭޓިވް އެޑްވައިޒް) ދިނުމާއި މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ބިލްތައް އެކުލަވާލައި ތައްޔާރުކުރުން.
މީގެ އިތުރުން:
- ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމުގައި މިނިސްޓްރީއިން ކުރާ މަސައްކަތުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން
- ދައުލަތުގެ ނަމުގައި ދޫކުރާ ގެރަންޓީތަކާގުޅިގެން މިނިސްޓްރީއިން ކުރާ މަސައްކަތުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން
- މިނިސްޓްރީގެ ފަރާތުން ސޮއިކުރާ އެގްރިމެންޓްތަކާއި، އެމް.އޯ.ޔޫ ތަކާއި، އެފަދަ ޤާނޫނީ ލިޔުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރުމުގެ ކުރިން، އެ ލިޔުންތައް ދިރާސާކޮށް މިނިސްޓްރީ އަށް ބޭނުންވާ ޤާނޫނީ ލަފާދިނުން؛
- މިނިސްޓްރީއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ބަލައި އެފަދަ ޤާނޫނުތަކަށް ނުވަތަގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމަށް ހުށަހެޅުން ނުވަތަ ލަފާދިނުން؛
- މިނިސްޓްރީއަށް ބޭނުން އެހެނިހެން ޤާނޫނީ ލަފާދިނުން؛
- މިނިސްޓްރީއިން ޑްރާފްޓްކުރާ ޤާނޫނީ ލިޔުންތައް ޑްރާފްޓްކުރުމާއި، ދިރާސާކުރުމާއި، އެފަދަ ލިޔުންތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން؛
- ޝަރުއީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި މިނިސްޓްރީ ތަމްސީލްކުރަންޖެހޭ ޙާލަތްތަކުގައި މިނިސްޓްރީގެ ފަރާތުން ކޯޓަށް ހާޒިރުވެ މިނިސްޓްރީ ތަމްސީލުކުރުން؛
- ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތައް އުފެއްދުމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
- ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދު މުރާޖާކޮށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
- ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިއްސާގެ މުޢާމަލާތުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
- ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތައް ހިންގުމުގައި ދިމާވާ މައްސަލަތަކުގައި، މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
- ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން، ކުންފުންޏެއް އުވާލަން ޖެހިއްޖެނަމަ އެކަމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
- ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ޕްރައިވެޓައިޒް ކުރާނަމަ، އެކަމަށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
- ލީގަލް އެފެއަރސްގެ މުވައްޒަފުންނާއި ބެހޭ އެންމެހާ ކަންތައްތަކުގައާއި އަދި މުވައްޒަފުން ބިނާކުރުމަށް ލީގަލް އެފެއަރސް ހެޑްގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން
|
އުޖޫރަ އާއި އިނާޔަތްތައް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސެއްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ
- އާސަންދަ (ހެލްތް އިންޝުރަންސް)
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓްފިކެޓް
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން).
|
ސުންގަޑި:
|
4 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/ 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.
|