ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ކެފޭ އިމާރާތުގައި ހުރި ފިހާރަ ކުއްޔަށް ދިނުން

އަންހެނުންގެކެފޭ އިމާރާތުގައި ފިހާރައެއް ހިންގުމަށް ސެޓަޕްހަދައި ތައްޔާރުކުރެވިފައިވާ ކޮޓަރި، 10 އަހަރު ދުވަހަށް ކުއްޔަށްދޫކުރުމަށް ކޮޅުމަޑުލު މަޑިފުށީ ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ފިހާރަ ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތްތަކާއި ފިހާރައާއިބެހޭ މަޢުލޫމާތުތައް ތިރީގައި މިވަނީއެވެ.

ފިހާރައިގެ މަޢުލޫމާތު:

 ފިހާރަ ހުރި އިމާރާތް: ތ.މަޑިފުށީ އަންހެނުންގެ ކެފޭ      

އިރުމަތީ ބިތު: 13 ފޫޓު                          * ހުޅަނގު ބިތު: 13 ފޫޓު

* އުތުރު ބިތު: 11 ފޫޓު                         * ދެކުނު ބިތު: 11 ފޫޓު      * ޖުމްލަ: 143އަކަފޫޓު

  • 4 ސައިޑް މާޓް ހަރު 6 ފޫޓުގެ
  • 1 މެދު މާޓް ހަރު 6 ފޫޓުގެ
  • 12000BTU އެއަރ ކޮންޑިޝަނާ
  • 54×28 އިންޗި، ކައުންޓަރ މޭޒު އަދި ހައިބެކްޗެއަރ

 

ފީހާރަހުރީ މަރާމާތުކުރެވި، މިހާރުވެސް ބޭނުންކުރެވޭ ހާލަތުގައެވެ.

ބީލަމުގައި ބައިވެރިވުން:

     މިފިހާރަ ކުއްޔަށް ދޫކުރުމަށް އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު އުސޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވެވޭނީ ޑިޕޮސިޓްގެ ގޮތުގައި -/1000ރ ( އެއްހާސް ރުފިޔާ ) ދެއްކުމަށް ފަހުގައެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކާ ފައިސާ ބީލަން ނިމުމުން، ބީލަމުގައި ބައިވެރިވި ފަރާތްތަކަށް ދޫކުރެވޭނެއެވެ. ނަމަވެސް ބީލަން ކާމިޔާބު ވުމަށްފަހު، ބީލަން ދޫކޮށްލާނަމަ އެފަރާތެއްގެ ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެއެވެ. ފިހާރަ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވައި ސިޓީ ފޮނުވަންވާނީ 31 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 08:00 އިން 13:00 އަށް މިއިދާރާ އަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ފޮނުވަންވާނެއެވެ. މެއިލް ކުރައްވާނަމަ info@madifushi.gov.mv އަށެވެ.

 

 

 

 

 

ބީލަން ފެށޭ އަގާއި ބީލަން ކާމިޔާބުކުރުން

      މި ފިހާރަ ކުއްޔަށް ދޫކުރުމަށް ފެށޭ އަގަކީ މަހު ކުލީގެ ގޮތުގައި 1000.00 (އެއްހާސް ރުފިޔާ) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/100ރ ( ސަތޭކަ ރުފިޔާ ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގައި ލިބޭ އަގުތައް އެދުވަހުގެ 14:00 ގެ ފަހުން ކައުންސިލްގެ އިދާރާއިން ނޯޓިސް ޢާންމުކުރާ ބޯޑުތަކުގައި ޢާންމުކުރެވޭނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތުގެ މަޢުލޫމާތު ކައުންސިލަށް ހުށަހެޅުމަށްފަހު އެފަރާތަކާއިއެކު ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން ފިހާރަ ކުއްޔަށް ދޫކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށްހިފާ ފަރާތުން 2 މަހުގެ ކުލި ދައްކަންޖެހޭނެއެވެ.

       ވީމާ، މި ފިހާރަ ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ 6780034 އަށެވެ.          

08 ޖުލައި 2024
ހޯދާ