ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީގެ ބައެއް މަގުތަކުގައި ނުވަތަ ދުވާރުމަތީގައި ވެހިކަލްތަށް ދާއިމި ގޮތެއްގައި ޕާކުކުރަމުންދާކަން ދަނީ ފާހަނގަކުރެވެމުންނެވެ. އަދި ހަލާކުވެފައިވާ ވެހިކަލްތައް މަގުމައްޗަށް ދޫކޮށްފައި ހުންނަކަން ވެސް ފާހަނގަ ކުރެވެއެވެ. މިގޮތަށް މަގުގައި ވެހިކަލްތައް ބަހައްޓާފައިހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނަދުތައް ދުއްވުމަށާއި، މަގުމަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. މިގޮތަށް ބެހެއްޓިފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން މަގުގެ ރައްކާތެރިކަން ގެއްލި ނުރައްކާތެރި ހާދިސާތައް ހިގަމުންދާކަން ފަހަކަށް އައިސް ފާހަނގަ ކުރެވިފައިވެއެވެ. ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދާއިމީކޮށް މަގުމައްޗާއި ދުވާރުމަތީގައި ޕާކުކުރުމާއި މަގުމައްޗާއި ދުވާރުމަތީގައި ހަލާކުވެފައިވާ ވެހިކަލްތަށް ބެހެއްޓުމަކީ މަނާކަމެކެވެ.
ވީމާ، މަގުމައްޗާއި ދުވާރުމަތީގައި މިގޮތަށް ކައުންސިލްގެ ހުއްދަނެތި ބަހައްޓާފައި ހުރި ވެހިކަލްތަކާއި ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަށް 05 (ފަހެއް) ދުވަހުގެ ތެރޭގައި ނެގުމަށާއި ދާއިމީ ގޮތެއްގައި ވެހިކަލްތައް މަގުމައްޗާއި ދުވާރުމަތީގައި ޕާކުކޮށްފައި ނުބެހެއްޓުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މިކައުންސިލުގެ ނަންބަރ (IUL)468-IMS/468/2023/300 އިޢުލާނުން އަންގާފައިވާ ގޮތަށް މިމުދަތުގެ ތެރޭގައި ނަގާފައިނުވާ ވެހިކަލްތައް މިކައުންސިލުން މަގުމައްޗާއި ދުވާރުމަތިން ނަގާނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ވެހިކަލްތައް މަގުމައްޗާއި ދުވާރުމަތިން ނެގުމުގައި ވެހިކަލްތަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ވެސް ދަންނަވަމެވެ.