މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހެވީވެހިކަލް ކުއްޔަށް ހޯދުމާބެހޭ

ޢާންމުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، ކުއްލިއަކަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ހެވީވެހިކަލް ކުއްޔަށް ހޯދުމާބެހޭ:

ޢާންމުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، ކުއްލިއަކަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ހެވީވެހިކަލް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 21 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/117) އާ ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުތަކުގައި މައްސަލަތަކެއް އުޅުމުގެ ސަބަބުން، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މޭ 2015 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ޖޫން 2015 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

3 ޝަޢުބާން 1436

21 މޭ 2015
ހޯދާ