ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓަރީގައި ހަކަތައިގެ އެސެސްމެންޓެއް ހެދުމާބެހޭ
ދިވެހިރާއްޖެ ބައިވެރިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ. އެން. އެފް. ސީ. ސީ. ސީ.) ގެ ދަށުން ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. މި ގޮތުން ޖައްވަށް ދޫކުރެވޭ ވިހަގޭސް ނުވަތަ ގްރީންހައުސް ގޭސް މަދުކުރުމުގެ ގޮތުން، ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރުމާއި، ހަކަތަ އިޤްތިޞާދު ކުރުމާއި، ހަކަތަ އިސްރާފުވުން ކުޑަ ކުރުމަށްވެސް ސަރުކާރުން ދަނީ އިސްކަންދީގެން މަސައްކަތްކުރަމުންނެވެ.
މިގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފެލިވަރުގައި ހުންނަ މަސްފެކްޓަރީގެ ހަކަތައިގެ އެސެސްމަންޓެއް ހެދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 3 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގައި އޮންނާނެއެވެ.
ބީލަންތައް ހުޅުވުން އޮންނާނީ، 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. (އީމެއިލުން ފޮނުވާ ބީލަން ޤަބޫލު ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 300 3004 960+ ފެކްސް: 301 3004 960+
އީމެއިލް އެޑްރެސް: procurement@environment.gov.mv