އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އިމާމު/ މުދިމު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އިމާމު/ މުދިމު

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް/ ސ.ގަން

އަސާސީ މުސާރަ:

-/4،240 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު:

  • ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • މިސްކިތުގައި ތަރާވީޙް ނަމާދުކުރުމާއި،ކަށު ނަމާދުކުރުން.
  • މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްތާމްތަށް ހިންގާނަމަ އެހީތެރިކަން ދިނުން.
  • މިސްކިތުގައި މަރާމާތުކުރަންޖެހޭ ތަނެއް ހުރިނަމަ އޮފީހަށް އެކަން އެންގުން.

މަޤާމުގެ ޝަރުޠުތަށް:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު
  • މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
  • ހުކުރުކުރުމުގެ ސަނަދުލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެލަވެންސްތަކާއި އިނާޔަތްތައް:

މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ކަނޑައެޅިފައިވާ ގޮތުގެމަތިން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • އެޓެސްޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ސުންގަޑި:

07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 16:00ގެ ކުރިން

އިންޓަވިއުއަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ފޯމާއި އެކު ލިއުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ.

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898515

އީމެއިލް:hr@ganairport.aero              

27 މޭ 2015
ހޯދާ