ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައިމަހު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

ޖުލައިމަހު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 107 ވަނަ މާދާގެ ދަށުން ކޮންމެ އަހަރަކު ޖުލައިމަހު ރަށު ކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން، ގދ. ރަތަފަންދޫ ކައުންސިލްގެ ފަރާތުން 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ ރޭ 8:30 ގައި ރަތަފަންދޫ ސުކޫލް އޭ.ވީ ރޫމް ގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2025 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރާ 2025 ގެ ޑްރާފްޓް ބަޖެޓް އަދި އެކްޓިވިޓީ ޕްލޭން މި އިޢުލާންއާއި އެކީ އެއްހީރަސްކުރެވިފައި އެވަނީއެވެ.

ވީމާ، މި ބައްދަލުވުމުގައި ރަތަފަންދޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.

24 ޖުލައި 2024
ހޯދާ