މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ގައި ރ.އަނގޮޅިތީމުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައިހުރި ރުއްތަކުގެ ވެރިފަރާތްތައް ހޯދުން

ސުރުޚީގައިވާ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ "ލިލީމަގު"  ހެލްތް ސެންޓަރ ގެ އިރުމަތިން "ސޯސަންމަގު" ގެ "ވިލަރެސް" ގޯތީގެ އިރުން  އޮތް ގޯތިތަކުގެ ދެކުނުން ޖަންކްޝަން ޕޮއިންޓާއި ދެމެދުގައިވާ ސަރަހައްދެވެ. "ލިލީމަގުން" ބަލާނަމަ އެއީ ހެލްތް ސެންޓަރ ގެ އިރުމަތިން އުސްގަނޑުމައްޗާއި ހަމައެވެ. މިސަރަހައްދުގައިވާ ރުއްތަކުގައި 01 އިން 306 އަށް ހުދު އަދި ކަޅު ސްޕްރޭ އިން ހުންނާނީ ނަންބަރު ޖަހާފައެވެ.

ވީމާ،މި ދެންނެވި ސަރަހައްދުގައިވާ ރުއްތަކުގެ ވެރިން ރުކުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ނޯޓްކޮށް އެ ގެއެއްގެ މިލްކުސާބިތުކުރި ފަތުގެ ރަގަޅަށް ކިޔަން އެނގޭ ކޮޕީއަކާއި އެކު 18 އޮގަސްޓް 2024 (ބުދަ) ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޔޫސުފު: 7887792، 6580071 އާއި ގުޅުއްވުން އެދެމެވެ.

28 ޖުލައި 2024
ހޯދާ