ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާޢަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ޖަނާޒާތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާޢަތްތެރިން އުފެއްދުމުގެ މަޤްޞަދުގައި "ރޫލްސް އޮފް ޖަނާޒާ ލެވެލް-1" މިރަށުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިއީ 4 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދެވޭ ކޯހެކެވެ. މިކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކުލާހަށް ހާޒިރު ވެގެން ކުރިއަށްގެންދާ ތިއަރީ ސެޝަންތަކާއި، އަމަލީ ޓްރެއިނިންގ ސެޝަންތަކެއް ނަގައިދިނުމަށްފަހު އިމްތިޙާނެއްދޭގޮތަށެވެ.

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ނަން ނޯޓުކުރެއްވުން އެދެމެވެ. ނަން ނޯޓްކުރެއްވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢަލީ ނިޔާޒު (7414101) އާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

28 ޖުލައި 2024
ހޯދާ