ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީތަކާއި، ވިޔަފާރިތަކުން ކުނި ނެގުމާއިގުޅޭ

                                                   ނަންބަރ: (IUL)258/258/2024/57

އިޢުލާން

    

ގޭބިސީތަކާއި، ވިޔަފާރިތަކުން ކުނި ނެގުމާއިގުޅޭ

              ހަނިމާދޫ ކައުންސިލުން ދެމުންގެންދާ ކުނިނެގުމުގެ ޚިދުމަތް މިހާރު ދެމުން ގެންދަނީ ގޭގެ ގޯތިތެރެއަށް ކައުންސިލްގެ މުވައްޒަފުންވަދެ ޑަސްބިން ބަހައްޓާފައިވާ ތަނަކުން ޑަސްބިންނެރެގެން ގެންގޮސް ކުނި ހުސްކުރުމަށްފަހު އަލުން އެތަނެއްގައި ބަހައްޓާގޮތަށެވެ. މިގޮތަށް ކުނިނެގުމުގެ ސަބަބުން މިއިދާރާގެ މުވައްޒަފުން ގޭގެ ގޯތިތެރެއަށް ވަނުމުން ގެތަކުގެ ވެރިންގެ ފަރާތުން ހިތްހަމަނުޖެހި ގޭގެ ދޮރާއްޓާއި، ތަޅާއި، ދޮރު ފަދަ ތަކެއްޗަށް ގެއްލުންދޭކަމަށްބުނެ ޝަކުވާކުރުމާއި، އަދި އަންހެން ބޭފުޅުން ބުރުގާނާޅުއްވާ ތިއްބަވަނިކޮށް މިކައުންސިލްގެ މުވައްޒަފުން ޑަސްބިންނެގުމުގެ މަސައްކަތަށް ވަންނަކަމަށްބުނެ ގިނަ ޝަކުވާތަކެއް މިއިދާރާއަށް ލިބެމުންދާތީ، މިކަން ހައްލުކުރުމަށްޓަކައި މިކައުންސިލުން ނިންމާފައިވަނީ، ގޭބިސީތަކުގައި އުފެދޭކުނި އެގޭބިސީއަކާއިގުޅޭ ބޮޑުމަގަށް ގޯތިތެރެއިން ބޭރަށް އެދުވަހެއްގެ ހެނދުނު 8:30 ގެ ކުރިން ނެރެފައި ބެހެއްޓުމަށެވެ. މިކައުންސިލުން ނަގަމުންއައި -/150 (ސަތޭކަ ފަންސާސް) ރުފިޔާގެފީ (މަހުކުލި) މިހާރުވާނީ މަހަކަށް -/100 (އެއްސަތޭކަ) ރުފިޔާއަށް ކުޑަކުރެވިފައެވެ.

              ވީމާ، 2024 އޮގަސްޓް 1 ވަނަ ދުވަހުންފެށިގެން ކުނި ނަގަމުންގެންދާނީ ގޭބިސީތަކުގެ ކުނި އެސަރަހައްދަކަށް ޖެހޭ ދުވަހުގެ ހެނދުނު 8:30 ގެ ކުރިން މަތީގައި ދެންނެވިފައި ވާގޮތަށް މަގަށްނެރެފައި ހުންނަ މިހާރުވެސް ކުނިނަގާ މިންގަނޑަށް ހަމަވާކުނި އެކަނި ކަމުގައި ދެންނެވީމެވެ. މިގޮތަށްހަމަޖެހުމުން މަތީގައިވާގޮތަށް ކުނި ނުނަގާ ހުރިނަމަ އެފަރާތަކުން ކައުންސިލް އިދާރާއާއި ގުޅުއްވާ އެކަން ހިއްސާކޮށް ދެއްވުން އެދެމެވެ. މިބާވަތުގެ އިޖުތިމާޢީ ކަންކަން ޙައްލުވެގެން ދާނީ އެންމެހާ ފަރުދުން ގުޅިގެން އެއްރޫހެއްގައި މި މަސައްކަތްތައް ކުރެވިގެން ކަމުގައި މިކައުންސިލުން ދެކޭތީ، މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި، އެއްބާރުލުން ލިބޭނެކަމުގައި މިކައުންސިލުން ދެކެމެވެ.

ރަށުގެ ދެސަރަހައްދުން ކުނިނަގާނެ ދުވަހުގެ ތަފްސީލު މިދަންނަވަނީއެވެ.

އުތުރު ސަރަޙައްދު: ( ހޮނިހިރު، ހޯމަ، ބުދަ) ހެނދުނު

ދެކުނު ސަރަހައްދު: (އާދީއްތަ، އަންގާރަ، ބުރާސްފަތި)

              ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22  މުޙައްރަމް  1446

28   ޖުލައި   2024

28 ޖުލައި 2024
ހޯދާ