ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް – ޕްރިޕަރޭޝަން އޮފް އިންޓެންޑަޑް ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ޓު ދަ 2015 އެގްރީމަންޓް އަންޑަރ ޔޫ، އެން، އެފް، ސީ، ސީ، ސީ
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ' ޕްރިޕަރޭޝަން އޮފް އިންޓެންޑަޑް ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ޓު ދަ 2015 އެގްރީމަންޓް އަންޑަރ ޔޫ، އެން، އެފް، ސީ، ސީ، ސީ' މަޝްރޫއަށް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް އެއް ޢައްޔަނު ކުރުމަށް ބޭނުންވެއެވެ.
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީސް (ޖެފް) އިން ފަންޑުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރިޕަރޭޝަން އޮފް އިންޓެންޑަޑް ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ޓު ދަ 2015 އެގްރީމަންޓް އަންޑަރ ޔޫ، އެން، އެފް، ސީ، ސީ، ސީމަޝްރޫއަކީ ދިވެހިރާއްޖޭގެ ފަރާތުން 2015 ވަނަ އަހަރުގެ ކްލައިމެޓް އެގްރީމަންޓަށް ކޮންޓްރިބިއުޓް ކުރާނެ މިންވަރު އެކުލަވާލުމަށް ހިންގާ މަޝްރޫއެކެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތައް އަދި އެހެނިހެން ތަފުސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ވީމާ މި މަޤާމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
- ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 1200 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ.
ހިއުމަން ރިސޯސަސް ޔުނިޓު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3018329، 3018330
އީމެއިލް އެޑްރެސް: hr@environment.gov.mv