މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ނެޓްވޯކް ސްވިޗް އަދި ކެމެރާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

   މި ވުޒާރާއަށް ބޭނުންވާ ނެޓްވޯކް ސްވިޗް އަދި ކެމެރާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު

 (IUL)13-E/13/2024/174 (08 ޖުލައި 2024) އަދި (IUL)13-E/13/2024/191 (17 ޖުލައި 2024) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.   

 

   ދެންނެވިފައިވާ އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާ ތާރީޚް ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

   އަންދާސީ ހިސާބު ހުށަހެޅުން: 4 އޮގަސްޓް 2024، 13:30 އަށް

   ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުންprocurement@finance.gov.mv  މެއިލް ކުރެއްވުމަށް ދެންނެވީމެވެ.

   އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ޖުލައި 2024
ހޯދާ