މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އަތޮޅުކައުންސިލްގެ މަރިޔާދުގެ މަރާމާތުކޮށްދޭނެ ފަރާތެއްހޯދުމާއި ބެހޭ

              ސުރުޚީގައި ދެންނެވިފައިވާ އިމާރާތުގެ ފުރާޅުގެ ޓިނުބަދަލްކުރުމާއި އެނޫންވެސް ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)229-IED/229/2024/14 ( 26 މެއި 2024 ) އިޢުލާނާއިގުޅިގެން ހުށައެޅި އެސްޓިމޭޓްތަކުގެ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އެސްޓިމޭޓްތައް ބާތިލްކޮށް މަތީގައި ބަޔާންކުރެވުނު އިމާރާތް މި އިދާރާއިން ދޭ މައުލޫމާތު ތަކާއި އެއްގޮތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

              ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ  05 އޯގަސްޓް 2024 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 13 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ށް މި އިދާރާއަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

              ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

              އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

23 މުޙައްރަމް 1446

29 ޖުލައި 2024
ހޯދާ