ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

 

     މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ ޗާޓުގައި " މަގު ސަރަހައްދު " ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ހުރި ރުއްތަކުގެ އިދާރީ ބަދަލު ހަމަޖައްސައި، މަގު ސާފުކުރުމަށް ބޭނުންވާތީ، އެސަރަހައްދުގައި ހުރި ރުއްތަކުގައި " ރަތް " ކުލައިން ނަންބަރު ޖަހާފައިވާނެއެވެ.

     ވީމާ މިދެންނެވި ސަރަޙައްދުގައި އެއްވެސްފަރާތެއްގެ ރުއްގަސް ހުރިނަމަ، އެ ރުއްގަހުގެ ވެރިން 2024 އޯގަސްޓް 08  ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

     އަދި ދަންނަވަމެވެ. ޗާޓުގައި " މަގު ސަރަހައްދު " އަދި އޮޑިހަރުގެ ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު" ގައި ހުރި އަމިއްލަ ފަރާތްތަކުގެ އެންމެހާ ތަކެތި މަތީގައިވާ ތާރީޚްގެ ކުރިން ނެންގެވުމަށްވެސް ދަންނަވަމެވެ. މި މުއްދަތަށްފަހު މަގުސާފުކުރުމުގެ މަސައްކަތް މިއިދާރާއިން ކުރަމުން ގެންދާނަމެވެ. މަގުސާފުކުރުމުގައި ލިބިދާނެ ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުވާނޭ ވާހަކަވެސް ދަންނަވަމެވެ.

ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ، މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހަށާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި މިސަރަހައްދުގައި އެކިފަރާތްތަކުން އިންދާފައިވާ ރުއްގަހާއި، ސަރަހައްދުގައި ހުރި އެހެންތަކެތި، އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެސަރަހައްދުން  ނަގައި، ތަންހުސްކުރުމަށް އަންގަމެވެ.

29 ޖުލައި 2024
ހޯދާ