މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއް ނީލަންކިޔުމާއި ގުޅޭ

މިރަށުގެ އެކިސަރަހައްދުގައި ނައްތާލަންބޭނުވެފައިވާ ރުއް ނީލަންކިޔުމަށް ބޭނުންވެއްޖެއެވެ. ނީލަންކިޔުން އޮންނާނީ، 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 9:00 ގައެވެ. 

ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެދުވަހުގެ 9:00 އަށް މިރަށު ދިގުމަގު ކޮޅުގައިވާ އާރއޯ ޕްލާންޓްގެ ހުޅަނގު ދެކުނު ކަންމައްޗަށް ވަޑައިގެންދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖުލައި 2024
ހޯދާ