މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
( މުލަކަތޮޅު މަޑުއްވަރީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުޞޫލު ) އަށް 3 ވަނަ އިސްލާޙު ގެނައުން

އުސޫލު ނަންބަރު 03/2022/369 ( މުލަކަތޮޅު މަޑުއްވަރީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުޞޫލު ) އަށް 3 ވަނަ އިސްލާހު ގެނައުން

1 – ބުނެވިދިޔަ އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ދަނޑުދޫކުރާ ވަގުތުތައް އެއީ އުޞޫލުގެ 5.1 ވަނަ މާއްދާކަމުގައި ކަނޑައަޅާ އެ މާއްދާގެ ފަހަތަށް 5.2 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން

ދަނޑުދޫކުރާ ވަގުތުތަށް

5

5.2

ހ

މި އުސޫލުގެ 5.1 ވަނަ މާއްދާގައިވާ ދަނޑު ދޫކުރާ ވަގުތުތައް ކަމަށް ބުނެފައިވާ ވަގުތުތައް ، ދިމާވާ އެކި އެކި ހާލަތްތަކަށާއި ، މުބާރާތްތަކުގައި ބައިވެރިވެފައިވާ ޓީމުތަކަށް ފަހި ފުރުޞަތުތައް އޮންނާނެގޮތަށް ބަދަލުކޮށް ، ދަނޑު ދޫކުރާ ގަޑިތައް އުނިއިތުރުކޮށް ދޫކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

2- ގެޒެޓްކޮށްފައިވާ އުޞޫލުގެ ނަންބަރު ތަރުތީބުކުރުން ( އުސޫލުގެ 10 ވަނަ މާއްދާ – އެކަޑަމީ ހިންގުމަށް ދަނޑުދޫކުރުން ) ގެ ފަހަތަށް އޮތް މާއްދާ ( އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވުން )  ގެޒެޓްކުރެވުނު އިރު ލިޔެވިފައިވަނީ 9 ވަނަ މާއްދާގެ ގޮތުގައި ކަމަށްވާތީ އެއީ އުސޫލުގެ 11 ވަނަ މާއްދާއަށް ހެދުން .

3- މި އުސޫލުގެ 11 ވަނަ މާއްދާކަމުގައި ވާ ( އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވުން ) އެއީ މި އުޞޫލުގެ 12 ވަނަ މާއްދާކަމުގައި ހެދުމާއެކު އުޞޫލުގެ 10 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއް އިތުރުކޮށް އެ މާއްދާއަކީ މި އުސޫލުގެ 11 ވަނަ މާއްދާކަމުގައި ކަނޑައެޅުން   

ރަށުގެ ފަރާތްތައް ނޫން ފަރާތްތަކަށް ( ކައުންސިލްތައް ، ކްލަބް ޖަމުއިއްޔާތައް، މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ) ދަނޑު ދޫކުރުން

11

11.1

ހ

ފުޓްސަލްދަނޑު ބޭނުންވެ ، މ.މަޑުއްވަރީ ކައުންސިލަށް އެޑްރެސްކޮށް ސިޓީ ފޮނުވުމުން އެހެން ރަށްރަށުގެ ކައުންސިލްތަކަށާއި ، ކްލަބް ޖަމުއިއްޔާތަކަށާއި ، މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ދަނޑު ދޫކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ކައުންސިލަށް އެޑްރެސްކޮށް ފޮނުވާ ސިޓީގައި ދަނޑަށް އެއްވެސް ގެއްލުމެއްވެއްޖެނަމަ އެ ފަރާތުން ޒިންމާ ނަގާނެކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. މި ދެންނެވި ފަރާތްތަކަށް ދަނޑު ދޫކުރުމުގައިވެސް ރަށު ޓީމުތަކުން ދަނޑަށް އެދިފައިވާނަމަ ، ރަށުގެ ފަރާތްތަކަށް އިސްކަންދޭންވާނެއެވެ. މި މާއްދާގައި ބުނެފައިވާ ފަރާތްތަކަށް ( ކައުންސިލްތައް ، ކްލަބް ޖަމުއިއްޔާތައް، މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ) ދަނޑު ދޫކުރާނީ ކޮންމެ ގަޑިއަކަށް 100(ސަތޭކަ ) ރުފިޔާގެ ރޭޓުންނެވެ.

 

 މި އިސްލާހުތައް ފާސްކުރެވިފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ 04 ވަނަ ދައުރުގެ 117 ވަނަ އާންމު ބައްދަލުވުމުން 25 ޖުލައި 2024 ވަނަ ދުވަހުގައެވެ.

25 ޖުލައި 2024
ހޯދާ