ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ޒޯން ލައިސަންސް ދޫކުރުން ހުއްޓާލުމާއި ގުޅޭ

އިޢުލާން

 އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ޒޯން ލައިސަންސް ދޫކުރުން ހުއްޓާލުމާއި ގުޅޭ

ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދު ނަންބަރު R-102/2021 ތަންފީޛުވުމާ ގުޅިގެން، ކުރިން ޢަމަލުކުރަމުން އައި ޒޯން ލައިސަންސް ދޫކުރުމުގެ ގަވާއިދު ނަންބަރު 05/2009 ވަނީ އުވާލެވިފައެވެ. މި ބަދަލާ ގުޅިގެން، ރަށުގެ ޒޯން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އައު ގަވާއިދު ނަންބަރު R-102/2021 އާ އެއްގޮތަށް އެއްގަމު އުޅަނދުގެ ލައިސަންސް ހޯއްދެވުމަށް އެދި ދަންނަވަމެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ޒޯން ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އައު ލައިސަންސް ހޯދުމަށް 3 މަސްދުވަހުގެ މުއްދަތެއް (25 މޭ 2024 އިން 24 އޯގަސްޓް 2024 އަށް) ދެއްވާފައިވެއެވެ. އެހެންކަމުން، 24 އޯގަސްޓް 2024 ގެ ނިޔަލަށް މިހާރުގެ ޒޯން ލައިސަންސް ބޭނުންކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މި އިދާރާއިން ދޫކުރަމުން ގެންދިޔަ ޒޯން ލައިސަންސް މިއަދުން ފެށިގެން ދޫކުރުން ހުއްޓާލެވިފައިވާ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އަންގައި ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 މުޙައްރަމް 1445

30 ޖުލައި 2024
ހޯދާ