މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއާއި ވިލިމާލޭގެ ބަނދަރުތަކާއި ފަޅުތަކުގެ އެއްގަމުތޮއްޓާއި ކަނޑުތޮށީގައި އުޅަނދުފަހަރުގެ ވައު އައްސާބުޅި ވަޅުލުމާގުޅޭ

މާލެއާއި ވިލިމާލޭގެ ބަނދަރުތަކާއި ފަޅުތަކުގެ އެއްގަމުތޮއްޓާއި ކަނޑުތޮށީގައި އުޅަނދުފަހަރުގެ ވައު އައްސާބުޅި ވަޅުލުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/226 އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮގަސްޓް 11 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން bids@malecity.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

30 ޖުލައި 2024
ހޯދާ