މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައްޗަންގޮޅީ އާސަހަރާގެ އިންފާރު ތަކާއި ސަހަރާ އެތެރޭގެ ބައެއް ފާރުތަކުގެ މަތިން ބައެއް ތަޅާލައި، އެއްވަރު ކުރުމުގެ މަސައްކަތާ ގުޅޭ،

މި އިޢުލާންވަނީ 08 އޮގަސްޓް 2024 16:36 ގައި ބާތިލް ކުރެވިފައެވެ.


މައްޗަންގޮޅީ އާސަހަރާގެ އިންފާރު ތަކާއި އެސަހަރާ އެތެރޭގެ ބައެއް ފާރުތައް ރެނދުލައި އަރިއަޅާލާފައިވާތީ އެފާރުތަކުގެ މަތިން ބައެއް ތަޅާލައި، މާލޭގެއެހެން ސަހަރާތަކުގެ ފާރުވެސް ހުންނަ އުސްމިނަށް މައްޗައްގޮޅީ ސަހަރާ ފާރު  އެއްވަރު ކުރަން ބޭނުންވެއެވެ.

        

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮގަސްޓް 11 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

މި އިޢުލާނާ އެކު މައުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން bids@malecity.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

30 ޖުލައި 2024
ހޯދާ