ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 31 ވަނަ ޖަލްސާގެ ނިންމުން

މިދަންނަވާ ކަންތައް 31 ޖުލައި 2024 ގައި ބޭއްވި ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ 31/2024 ވަނަ ޖަލްސާ (04 ވަނަ ދައުރުގެ 168 ވަނަ ޖަލްސާ)އިން ވަނީ ނިންމާފައެވެ.

ނިންމުމުގެ ނަންބަރު

02 – 31/2024

ޔައުމިއްޔާ ނަންބަރާއި ތާރީޚް

31/2024 – 31 ޖުލައި 2024

މައްސަލައިގެ ޚުލާސާ

*ޕީ.އެސް.އައި.ޕީގެ ދަށުން ކުރެންދޫގައި ޤާއިމްކުރާ މަސްމާރުކޭޓް އިމާރާތުގެ މަސައްކަތަށް މިނިސްޓްރީ އޮފް ފިނޭންސްއިން ޖަމާކުރި ފައިސާ މިއިދާރާގެ ބަޖެޓުގައި ހިމަނައި ބަޖެޓް ފާސްކުރުމަށް ހުށަހަޅާ މައްސަލަ.

421003'' މީހުން ދިރިއުޅުން ނޫން ބޭނުންތަކަށް ބިނާކުރާ އިމާރާތް'' ޚަރަދު ކޯޑަށް 4,280,830.01 (ހަތަރު މިލިއަން ދެލައްކަ އަށްޑިހަހާސް އަށްސަތޭކަ ތިރީސްރުފިޔާ އެއް ލާރި) ރުފިޔާ ބަޖެޓްކުރުމަށް.

މައްސަލަ ނިންމިގޮތުގެ ޚުލާސާ

* ޕީ.އެސް.އައި.ޕީގެ ދަށުން ކުރެންދޫގައި ޤާއިމްކުރާ މަސްމާރުކޭޓް އިމާރާތުގެ މަސައްކަތަށް މިނިސްޓްރީ އޮފް ފިނޭންސްއިން ޖަމާކުރި ފައިސާ މިއިދާރާގެ ބަޖެޓުގައި ހިމަނެން ޚަރަދު ކުރުމަށް ފާސްކުރެއްވިއެވެ.

ވޯޓް ދިންގޮތުގެ ތަފްސީލް

ފެންނަ: 3

ޖަލްސާގައި ބައިވެރިވިމެންބަރުންގެ އަދަދު : 4 (ރިޔާސަތާއިއެކު)

 

ނިންމުމުގެ ނަންބަރު

03 – 31/2024

ޔައުމިއްޔާ ނަންބަރާއި ތާރީޚް

31/2024 – 31 ޖުލައި 2024

މައްސަލައިގެ ޚުލާސާ

ކައުންސިލްގެ ރައީސް އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަހުގެ ޗުއްޓީއަށް ދިއުމަށް ހުށަހަޅައި މައްސަލަ

މައްސަލަ ނިންމިގޮތުގެ ޚުލާސާ

* ރައީސްއަށް 15 ދުވަހުގެ ޗުއްޓީއެއް ދެއްވުމަށް ފާސްކުރެވިއެވެ.    

ވޯޓް ދިންގޮތުގެ ތަފްސީލް

ފެންނަ: 3

ޖަލްސާގައި ބައިވެރިވިމެންބަރުންގެ އަދަދު : 4 (ރިޔާސަތާއިއެކު)           

 

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

31 ޖުލައި 2024
ހޯދާ