އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ހޮޓާ / ރެސްޓޯރަންޓް / ކެންޓީން / ކާބޯތަކެތި ވިއްކުމަށް ބީލަން އުޝޫލުން 1 ބިމާއި އާއްމު ތަކެތި ވިއްކުމަށް ފިހާރަ ހެދުމަށް 1 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

ބަނދަރު ސަރަޙައްދުން ހޮޓާ / ރެސްޓޯރަންޓް / ކެންޓީން / ކާބޯތަކެތި ވިއްކުމަށް ބީލަން އުޝޫލުން 1 ބިމާއި އާއްމު ތަކެތި ވިއްކުމަށް ފިހާރަ ހެދުމަށް 1 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

 

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކާބޯތަކެތީގެ ވިޔަފާރިއަށް 2 ބިން ކުޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން

 

ބީލަމަށް ރަޖިސްޓްރީކުރުމާއި ބީލަން ފޮތް ބައްލަވައި ގަތުން

  • މި ބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 6 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓު ފުރިހަމަ ކޮށް މިއިދާރާގެ projects@himandhoo.gov.mv  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.         
  • ބީލަމަށް ރަޖިސްޓްރީކޮށް ބީލަން ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 1000ރ ( އެއްހާސް ރުފިޔާ ) އަށެވެ. ބީލަން ފޮތް ގަތުމަށް ޚަރުދު ކުރި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • ބީލަން ފޮތް ބައްލަވައި ގަނެވޭނީ ހަމަ އެކަނި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  08 އޮގަސްޓް 2024 ވާ ބްރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 9880254 އަށް ގުޅުއްވައި ސާފުކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 13 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ބިމަކަށް 1 ބީލަމެވެ.

     

                                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                  24 މުޙައްރަމް 1446ހ

                                                    31 ޖުލައި 2024މ.

31 ޖުލައި 2024
ހޯދާ