އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯޓުޔާޑެއް ހަދާ ހިންގުމަށް އދ.މާމިގިލިން ބިންދޫކުރުމަށް

އދ. މާމިގިލީ ލޭންޑްޔޫޒް ޕްލޭންގައި، ބޯޓުޔާޑެއް ހަދާ ހިންގުމަށް މާމިގިލީ އިރުދެކުނު ފަރާތު ބަދަރު ސަރަހައްދުން 50 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު:

 ބިޑްފޮތެއްގެ އަގަކީ 15000 (ފަނަރަ ހާސް) ރުފިޔާއެވެ. ބިޑްފޮތް ބައްލަވައިގަންނަން ލިބޭނީ 2024 އޮގަސްޓް 05 ވާ ހޯމަ ދުވަހުން ފެށިގެން 2024 އޮގަސްޓް 14 ވާ ބުދަ ދުވަހުގެ 13:00 އާ ހަމައަށެވެ.

ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

 ޕްރީ ބިޑް މީޓިންގ އޮންނާނީ އދ.މާމިގިލީ ކައުންސިލް އިދަރާގައި 2024 އޮގަސްޓް 14 ވާ ބުދަ ދުވަހުގެ 13:00 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން :

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2024 އޮގަސްޓް 14 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރީން ތިރީގައިވާ އީމެއިލް އަށް ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއް ނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އީމެއިލް:    info@maamigili.gov.mv

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2024 އޮގަސްޓް 22 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި މާމިގިލީ ކައުންސިލް އިދާރާގައެވެ.  ޕްރޮޕޯސަލް  ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަކީ އެއްވެސް ކަމެއް މެދުވެރިވެގެން  ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނެމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ކަރުދާސް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާނާއި އެކު ބޯޓު ޔާޑުގެ ކުރެހުން އެޓޭޗް ކުރެވިފައިވާނެއެވެ. ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

 

 

 

01 އޮގަސްޓް 2024
ހޯދާ