މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
02 އޯގަސްޓް 2024 ވަނަ ދުވަހު މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާ ގުޅޭ

59 ވަނަ މިނިވަން ދުވަހުގެ މުނާސަތާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ 02 އޯގަސްޓް 2024 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00  އަށް މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި  ކަނޑައަޅައިފީމެވެ. އަދި މި ވަގުތުތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

1.      ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު

2.      އެމްބިއުލެންސް

3.      ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު

4.      ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

5.      ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް

6.      މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތައް

 

މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

01 އޮގަސްޓް 2024
ހޯދާ