ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ ލިސްޓާ އެއްގޮތަށް ހިނަވަން ބޭނުންވާ ތަކެތި ހޯދުމާއި ގުޅޭ

މިއިދާރާއިން ދޭ ލިސްޓާ އެއްގޮތަށް ހިނަވަން ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އޮގަސްޓު 2024ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ  neykurendhoo.office@gmail.com  އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ ހިނަވަން ބޭނުންވާ ތަކެތީގެ ލިސްޓު، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާނެއެވެ. މި މަސައްކަތުގައި މާކްސްދެވޭނެ ގޮތުގެ ތަފްސީލް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

މަސައްކަތުގެ އަގު

80%

  • ·        ޙިދުމަތުގެ އަގަށްދެވޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްގަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

20%

  • ·         ތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުއްދަތު ތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރުމުއްދަތެއް އެއީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (އިންސައްތަ)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  1. ބީލަން ހުށަހަޅާ ފޯމުގައި އަންދާސީ ހިސާބު/ކޯޓޭޝަން ހުށަހެޅުން
  2. ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން (އަމިއްލަ ފަރާތެއް ނަމަ އައިޑީ ކާޑުކޮޕީ ހުށަހެޅުން)
  3. ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާނަމަ) ހުށަހެޅުން
  4. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށެވެ.
  5. އިތުރު މައުލޫމާތު ،ފޯން: 6520042

         ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

01 އޮގަސްޓް 2024
ހޯދާ